ކުއްލި ހާލަތަކާއި ގުޅިގެން އަދީބު ދޫނިދޫ ޖަލަށް ބަދަލު ކޮށްފި

ކިޔުމަށް ހޭދަވާނީ 44ސ
ކުއްލި ހާލަތަކާއި ގުޅިގެން އަދީބު ދޫނިދޫ ޖަލަށް ބަދަލު ކޮށްފި
ކުއްލި ހާލަތަކާއި ގުޅިގެންކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފި ކަމަށް އާއިލާއިން ބުނެފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން މާފުށީ ޖަލަށް އައި ކުއްލި ހާލަތަކާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން، އަދީބު ފުލުހުންނާއި ހަވާލުކޮށް ދޫނިދޫ އަށް ބަދަލު ކޮށްފި ކަމަށެވެ.

އެޤާނޫނުގެ ދަށުން ކަރެކްޝަނަލް ސާވިސަސްއިން ކުއްލި ހާލަތު ހިންގަނީ ހަމައެކަނި އަދީބުގެ މައްޗަށްތޯ އޭނާގެ އަނބިކަނބަލުން ވަނީ ސުވާލު ކުރައްވާފައެވެ.

ކުރީގެ ނައިބު ރައީސް ދޫނިދޫ ޖަލަށް ބަދަލު ކުރުމާއި ގުޅިގެން އޭނާގެ ވަކީލު މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދީބު ދޫނިދޫ ޖަލަށް ބަދަލު ކުރުމަކީ ޤާނޫނާއި ޚިލާފު އަމަލެއް ކަމަށެވެ.
މިއަދު އޮންލައިން