ޖޭޕީގެ ދިދަ އާ ލޯގޯގެ މައްސަލަ ނުނިމި އަހަރުވީ - ރިޔާސީ އިންތިޚާބުގެ ކުރިން އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތް: ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޖޭޕީގެ ދިދަ އާ ލޯގޯގެ މައްސަލަ ނުނިމި އަހަރުވީ - ރިޔާސީ އިންތިޚާބުގެ ކުރިން އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތް: ސަމީރު
ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން މަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް ގޮތެއް ނުނިމި، މައްސަލަ ކުރިއަށް ނުގެންގޮސް ތާށިކޮށްފައި ބާއްވާތާ އަހަރުވީ ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން އިންސާފު ލިބޭނެ ކަމުގެ އުންމީދެއް މިހާރު ނެތް ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު ވިދާޅުވީ މިހާރު ޙުކުމެއް ކުރި ނަމަވެސް ޙުކުމުގެ ބާވަތަށް ބަލައި އިސްތިއުނާފް މަރުހަލާތައް ނިންމަން ޖެހިއްޖެނަމަ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން މައްސަލަ ނިމޭނެ ކަމުގެ އުންމީދު މިހާރުވަނީ ގެއްލިފައި ކަމަށެވެ.

ސަމީރު ވިދާޅުވީ ކޮންމެ ޕާޓީއެއްގެ ވެސް އެންމެ މުހިންމު އެއްޗަކީ ލޯގޯ އާއި ދިދަ ކަމަށެވެ. ޖުމްހޫރީ ޕާޓީންވެސް ޕާޓީ އާއިއެކު ވަނީ ޕާޓީގެ ދިދަ އާއި ލޯގޯ ރަޖިސްޓްރީ ކޮށްފައި ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ދިދަ އާއި ލޯގޯ ބޭނުންކުރުން މަނާކުރުމުން ޕާޓީގެ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައި ކަމަށެވެ.

ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީން ޝަރުޢީ ނިޒާމަށް ފާޑުކިޔަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން މަނާކުރުމުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައަށް އަހަރުވީއިރުވެސް މިވަރުގެ ކަމެއްގައިވެސް އިންސާފު ނުލިބުމަކީ ޕާޓީއަށް ލިބެމުން އަންނަ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.
މިއަދު އޮންލައިން