މާލެއަށް 1 ގަޑިއިރު މެދު ނުކެނޑި ގުގުރާ ވިދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
މާލެއަށް 1 ގަޑިއިރު މެދު ނުކެނޑި ގުގުރާ ވިދައިފި
ރޭ ފަތިހު 5:30 ހައިއިރުން ފެށިގެން 6:30 ވަންދެން މާލެއަށް މެދު ނުކެނޑިހެން ވިދައި ގުގުރައިފިއެވެ. ގުގުރީގެ އަޑު އެހައިމެ ގަދައެވެ. ވިދުމުގެ އަލި ގަދަކަމުން 6:30 ހައި އިރުވެސް ވިދުމުގެ އަލި ވަނީ ވަރަށް ގަދައަށް ފެނިފައެވެ.

އެއިރު ދިއައީ އާދައިގެ ވަރަކަށް ވާރޭ ވެސް ވެހެމުންނެވެ. އެންމެ ބޯކޮށެއް ނޫނެވެ.

މިބާވަތުގެ ކަންކަމަކީ މޫސުމީ މައްސަލަތައް ކަމަށް ބަލައި ނިންމައިލުމަކީ ސައިންސްވެރިން ކުރާ ކަމެކެވެ. ނަމަވެސް މުސްލިމުންނަށް އޮތީ ބިރުވެތިވުމެވެ.

ރާއްޖެއަށް ބޮޑެތި ކޯފާތައް ފޮނުއްވަވައިފާނެ ކަމުގެ އިންޒާރު ދީނީ އިލްމްވެރިން ގެންދަވަނީ ދެއްވަމުންނެވެ.

"ހަމަކަށަވަރުން ރަސޫލާ (ޞޢވ) ޙަދީޘްފުޅުކުރައްވަނިކޮށް ތިމަން އަޑު އެއްސެވީމެވެ. މީސްތަކުންނަށް އަނިޔާވެރިއަކު އަނިޔާކުރަމުންދާތަން ތިއަބައިމީހުންނަށް ފެންނަ ހިނދު އެމީހެއްގެ އެކަންތައްތައް ނުހުއްޓުވައިފިނަމަ ﷲ ސުބްހާނަހޫ ވަތަޢާލާ އެ އެންމެން ޢުޤޫބާތެއްގެތެރެއަށް ލެއްވެވުން ކައިރިވެގެންވެއެވެ. އެބަހީ އެކަލާނގެ ޢަޒާބެއް އެމީހުންގެ މައްޗަށް ވެރިވެދާނެއެވެ. އެއީ ކައިރިކަމެކެވެ. ދުރުކަމެއް ނޫނެވެ." މިއީ ޞައްޙަ ސަނަދުން ރިވާވެގެންވާ ޙަދީޘްފުޅެއް ކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިން ގެންދަވަނީ އިންޒާރުތައް ދެއްވަމުންނެވެ.

"ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ގޮތާއި ޚިލާފަށް ކުރާ ކޮންމެ ކަމަކީ އަނިޔާއެކެވެ. ކީރިތި ޤްރްއާނާއި ޚިލާފަށް ކަމެއް ކުރާނަމަ އަމިއްލަ ނަފުސަށް ވެސް ކުރަނީ އަނިޔާއެވެ. މީސްތަކުންނަށް ވެސް ކުރަނީ އަނިޔާއެވެ. ވީމާ ކީރިތި ޤްރްއާނާއި ޚިލާފަށް މީހަކު ކަމެއް ކުރާނަމަ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. ޤައުމުގައި ހިންގާ މުންކަރާތްތައް ސަރުކާރަށް ހުއްޓުވޭނެ ކަމަށެވެ. ޢާއިލާގައި ކުރާނަމަ އަޅުގަނޑުމެންނަށް ހުއްޓުވޭނެ ކަމަށެވެ."

ރާއްޖޭގައި ކީރިތި ޤްރްއާނުގައިވާ ފަދައިން ހިނގަނީ ކޮން ކަމެއް ކަމާއިމެދު ސުވާލު އުފެދިފައިވަނިކޮށް ރާއްޖޭގެ ބައެއް ފަނޑިޔާރުން ޙުކުމް ކުރާ ގޮތް ލީކްވި ބަޔާތްތަކުން ހާމަވުމުން އެކަމުގެ ބިރުވެރިކަން މިހާރު މިވަނީ އިތުރަށް ބޮޑުވެފައެވެ.

ގުޅުންހުރި ލިޔުން:
މިއަދު އޮންލައިން