ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުޑް ކޯޓުތަކުގެ ކެފޭތަކުގެ ތެރެއިން ފުރަތަމަ ކެފޭ މިއަދު ހުޅުވައިފިކަމަށާއި ދެން ހުރި ހުރިހާ ކެފޭތައް ވެސް ހުޅުވުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.
ފުޑް ކޯޓުގައި މިއަދު ހުޅު
ވި ކެފޭއަކީ މާލޭގައި ކެފޭ ރެސްޓޯރަންޓްތައް ހިންގާ އޮކްސިޖަންގެ ކެފޭ އައުޓްލެޓެކެވެ.
މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ކުރިން ހިންގަމުންދިޔަ ކަނޑަތައް މަދުކޮށް، ޒަމާނީ ފެންވަރަށް ފުޑް ކޯޓުތައް ތަރައްޤީކުރުމަށް ހައުސިން މިނިސްޓްރީން އެސްޓީއޯ ހަވާލުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ހައުސިން މިނިސްޓަރު މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި، އެ ފުޑް ކޯޓުތަކުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ އެސްޓީއޯއިން ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން އެއިރު ބުނި ގޮތުގައި، ފުޑް ކޯޓުގެ މަޝްރޫއު ނިމިގެންދާއިރު، ސައިކަލާއި ޕާކްކުރެވޭ ގޮތަށް، ދެ ފަރާތުގައި ރޮޓަރީ ޕާކިން ސިސްޓަމެއް ވެސް ޤާއިމްކުރެވިގެންދާނެކަމަށެވެ.
Food court thakuge cafe' thakuge therein furathama cafe' miadhu vanee hulhuvaafai. Dhen huri hurihaa cafe' thahves hulhuvumuge marhala kuriyah dhanee. pic.twitter.com/aW93Zf0VHD
— Dr.Mohamed Muizzu (@MMuizzu) May 5, 2018