މާލޭ ފަތާ ޓްރެކް ސަރަހައްދު ފުންކުރަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
 މާލޭ ފަތާ ޓްރެކް ސަރަހައްދު ފުންކުރަން ނިންމައިފި
ކ.މާލޭގެ ފަތާ ޓްރެކް ސަރަހައްދު ފުންކުރުމުގެ މަސައްކަތް ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޫތް މިނިސްޓްރީން އެދުމުގެ މަތިން ފަތާ ޓްރެކް ސަރަހައްދު ކޮނެ ކުރީގެ ފުންމިނަށް ފުންކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަން ނިންމާފައިވާކަމަށެވެ. އަދި އެކަމުގެ އާންމުގެ އެއްބާރުލުން ދެއްވުމަށް މިނިސްޓަރުގެ ޓްވީޓްގައި އެދިވަޑައިގަތެވެ.

ފަތާ ޓްރެކް ފުންކުރުމަށް ނިންމާފައިވާކަން މިނިސްޓަރު މުއިއްޒު ހާމަކުރެއްވި ނަމަވެސް އެ މަސައްކަތް ފަށާނެ ވަކި ދުވަހެއް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅެއް ނުވެއެވެ.

ފަތާ ޓްރެކަކީ މާލޭގެ އެންމެ ގިނަ ބަޔަކު މޫދަށް އެރި، ފެތުމުގެ ހަރަކާތްތައް ހިންގާ އެއް ސަރަހައްދެެވެ. އެ ސަރަހައްދަށް ވެލި އަރައި މިހާރު ވަރަށް ބޮޑަށް ތިލަވެފައިވާތީ، އެ ސަރަހައްދު ފުންކޮށްދިނުމަށް އެދި މީގެ ކުރިން ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.





މިއަދު އޮންލައިން