ލަނޑާގިރާވަރު ރިސޯޓުގައި ސަބްމެރިން ޚިދުމަތް ފަށައިފި

ކިޔުމަށް ހޭދަވާނީ 44ސ
ލަނޑާގިރާވަރު ރިސޯޓުގައި ސަބްމެރިން ޚިދުމަތް ފަށައިފި
ބ.އަތޮޅުގައި ހިންގާ ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓުގައި ސަބްމެރިން ޚިދުމަތް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ލަނޑާގިރާވަރުގައި ސަބްމެރިން ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.



އަދި އެ ރިސޯޓުގައި އެ ޚިދުމަތް ފަށާފައިވަނީ މަޝްހޫރު އޯޝަން ގްރޫޕް ކުންފުނީގެ ޑީޕް ފްލައިޓް ތްރީއެސްގެ ނަން ދީފައިވާ ސަބްމެރިންނަކާއެކުގައެވެ. މި ސަބްމެރިންގައި އެއް ފަހަރާ ދަތުރުކުރެވޭނީ ތިން މީހުންނަށެވެ.

ފޯ ސީޒަން ރިސޯޓުން ބުނި ގޮތުގައި އެ ސަބްމެރިންނަކީ 120 މީޓަރު އަޑިއަށް ދަތުރުކުރެވޭ ސަބްމެރިންއެއް ކަމަށެވެ. އެހެންވެ އެ ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ނުތެމި ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ބެލެވޭނެކަމަށެވެ.

އޭގެ އިތުރުން، އެ ސަބްމެރިންއަކީ ބެޓެރިއަކުން އޮޕަރޭޓްކުރާ ގޮތަށް ތިމާވެއްޓާ ވީހާވެސް ރައްޓެހިކޮށް އުފައްދާފައިވާ ސަބްމެރިންއެކެވެ.
މިއަދު އޮންލައިން