ޓްރެކް ސަރަހައްދު ފުން ކުރުމަށް ބަންދު ކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
ޓްރެކް ސަރަހައްދު ފުން ކުރުމަށް ބަންދު ކޮށްފި
ފެތުމުގެ އެކިއެކި ޓްރެއިންގ ޕްރޮގްރާމްތަކާއި މުބާރާތްތައް މާލޭގައި އާންމުގޮތެއްގައި ބާއްވާ ޓްރެކް ސަރަޙައްދު ފުން ކުރުމަށްޓަކައި އެސަރަޙައްދަށް މޫދަށް އެރުން މަނާ ކޮށްފިއެވެ.

މިކަން މަނާކޮށް ހައުސިންގ މިނިސްޓްރީން އެސަރަޙައްދު ފުން ކުރަން ފެށީ، އެތަނަށް ވެލި އަރައި އެސަރަޙައްދު ވަރަށް ބޮޑަށް ތިލަވާތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ. އެމައްސަލަ ޔޫތު މިނިސްޓްރީން ހައުސިންގ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން، އެތަން ފުން ކުރާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޓްރެކް ސަރަޙައްދު ފުން ކުރުމުގެ މަސައްކަތް ކުރުމަށް މިއަދު ހަވީރުގެ ވަގުތެއްގައި އެސްކަވޭޓަރު ބާއްވައިގެން އެސަރަޙައްދުން ވެލި ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިމަސައްކަތް ކުރިއަށްދާއިރު ޓްރެކް ސަރަޙައްދަށް މޫދަށް އެރުން މަނާ ކޮށްފައިވަނީ، މޫދުގެ ލޮނުގަނޑު ކިލަނބުވެ އެސަރަޙައްދަށް މޫދަށް އެރޭ ފަރާތްތަކަށް ސިއްޙީ ގޮތުން ގެއްލުމެއް ލިބިދާނެތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން