ހުޅުމާލެގައި އިމާރާތް ކުރަމުން އަންނަ 7000 ފްލެޓަށް ކުރިމަތިލުމަށް ހުށަހަލާ ފޯމު ދޫކުރުން މާދަމާ ހެނދުނު 10:00 ގެ ފަހުން ދަރުބާރުގޭގައި ފަށާނެ ކަމަށް ހައުސިންގ މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ފޯމު ނަގަންދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތަކަށް ފޯމު ދޫކުރުން އިންތިޒާމް ކުރުމަށްޓަކައި، ހައުސިން މިނިސްޓްރީން ވަނީ ވަކި ތަރުތީބެއް ނޯންނަ ގޮތަށް ދަރުބާރުގެއިން ފޯމު ދޫކުރާ ގޮތަށް ހަމަޖައްސާފައެވެ.
ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މާދަމާ ހެނދުނު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށްފަހު ފްލެޓަށް އެދޭ ފޯމްތައް ދޫކުރުމުގެ މަސައްކަތް ދަރުބާރުގެގޭގައި ފަށާނެ ކަމަށެވެ.