ކޮރަޕްޝަންގެ މައްސަލައެއްގައި އިލެކްޗަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އެކޮމިޝަނުން އަންގައިފިއެވެ.
އެމައްސަލައިގާ ފުއާދު ހާޒިރުކުރަން އެސީސީން އެންގި އަމުރުގައި ބުނެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެކުލަވައިލި ޤައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ތިން މަސް ދުވަހުގެ މުއްދަތަކަށް މެންބަރުން ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިކޮށްފައިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށެވެ.
އޭސީސީ އަށް ފުއާދު ހާޒިރުވާން އަންގާފައިވަނީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ.