ރުޅި ކޮންޓްރޯލް ނުކުރެވި 2 އަހަރުގެ ދަރިފުޅު މަރާލެވުމުން އަމިއްލައަށް މަރުވާން އުޅުނު ބައްޕައަކު މަރުން ސަލާމަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރުޅި ކޮންޓްރޯލް ނުކުރެވި 2 އަހަރުގެ ދަރިފުޅު މަރާލެވުމުން އަމިއްލައަށް މަރުވާން އުޅުނު ބައްޕައަކު މަރުން ސަލާމަތްކޮށްފި
އުމުރުން ދެ އަހަރުގެ ފިރިހެން ދަރިފުޅު ކުރި ކަމަކާއި ރުޅިގަދަވެ ބައްޕައަކު އެއްލި ގައުބުރިއަކުން ޖެހި ދަރިފުޅު މަރުވުމުން އެކަމާ ދެރަވެ ރޭލްދަށުވެ މަރުވާން އުޅުނު ބައްޕައަކު، މިހާދިސާ ހިނގި އިންޑިއާގެ އަވަށުގެ މީހުން އެކަމުން ސަލާމަތްކޮށް ފުލުހުންނާއި ހަވާލުކޮށްފިއެވެ.

އޭނާ ބުނީ ގައު ބުރި އެއްލީ ދަރިފުޅު މަރަން ނޫން ކަމަށާއި ރުޅި އާދެވުނު ވަރުން މާބާރަށް އެއްލުނީ ކަމަށެވެ. ދަރިފުޅު މަރުވިކަން އެނގުމުން އެކަމާއި ވަރަށް ދެރަވި ކަމަށާއި ރޭލްދަށުވެ މަރުވާން މަސައްކަތްކުރީ ދަރިފުޅު ނެތް ދުނިޔެއެއްގައި އުޅެން ބޭނުން ނުވާތީ ކަމަށެވެ.

އިންޑިއާގެ ފުލުހުން ބުނީ ތަޙްޤީޤަށް އެނގުނު ގޮތުގައި އޭނާ ރުޅިގަދަވީ ކުދިންތައް ރޭލްވޭ ދަގަނޑާއި މާކައިރީގައި ކުޅެން ތިއްބާ ފެނުމުން ރޭލުން ޖެހި އަނިޔާއެއް ވެދާނެތީއެވެ. ބައްޕަ ރުޅި ގަދަވެ ގައުބުރިއެއް އެއްލުމުން އޭނާގެ އަންހެން ދަރިންނާއި ދެން ތިބި ކުދިން ދުވެ ދިއައީ ކަމަށްވެސް ފުލުހުންނެއެވެ.

ފުލުހުން ބުނެފައިވަނީ މަޤްޞަދު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ދަރިފުޅު މަރުވެފައިވުމުން ގޮތް ނިންމާނީ ކޯޓުން ކަމަށެވެ.
މިއަދު އޮންލައިން