ކ.ފުނަދޫ ކައިރީ ފެރީއަކާއި ތެޔޮ ބާޖެއް ޖެހި މީހަކަށް އަނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 43ސ
ކ.ފުނަދޫ ކައިރީ ފެރީއަކާއި ތެޔޮ ބާޖެއް ޖެހި މީހަކަށް އަނިޔާވެއްޖެ

ކ.ފުނދޫ ކައިރީގައި ތެޔޮ ބާޖަކާއި ހުޅުލެ އައިލަންޑް ހޮޓަލުގެ ފެރީއެއް ޖެހި މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެއްޖެއެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތެޔޮ ބާޖަކާއި ފެެރީއެއް ޖެހި އެކްސިޑެންޓްވި މައްސަލައެއް މިއަދު ހެނދުނު 7:15 އެއްހާއިރު ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި ހާދިސާގައި މީހަކަށް އަނިޔާވެފައިވާއިރު، އަނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކަށެވެ. އެ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މާ ސީރިއަސް ބޮޑެތި ޒަހަމްތަކެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އަނިޔާވި މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލެއް އަދި ނުލިބެއެވެ.

މި ހާދިސާގައި ޖެހުނު ދެ އުޅަނދަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. ވަކިން ޚާއްޞަކޮށް ހުޅުލެ އައިލަންޑް ހޮޓަލުގެ ފެރީއަށް އެކިއެކި ގެއްލުންތައް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު އޮންލައިން