ފްލެޓް ދޫކުރާނީ އިންސާފުވެރިކަމާއިއެކު ކަމަށް % 100 ޔަޤީންކަން ދެން- ހައުސިންގ މިނިސްޓަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ފްލެޓް ދޫކުރާނީ އިންސާފުވެރިކަމާއިއެކު ކަމަށް % 100 ޔަޤީންކަން ދެން- ހައުސިންގ މިނިސްޓަރު

މިފަހަރުވެސް ފްލެޓް ދޫކުރާނީ އިންސާފުވެރިކަމާއިއެކު ކަމަށް 100 އިންސައްތަ ޔަޤީންކަން ދެއްވާ ކަމަށާއި ކުރިއަށްވުރެވެސް މާ ބޮޑަށް ކަންކަން ބަލައި އެންމެ ހައްޤުވާ ފަރާތްތަކަށް ކަމަށް ވެސް 100 އިންސައްތަ ޔަޤީންކަން ދެއްވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިއަދު ވިދާޅުވީ މިފަހަރު ފްލެޓް ދޫކުރުމުގައި 18 އަހަރުވުމުން ފްލެޓަށް އެދެވޭނެ ގޮތަށް ހަމަޖެއްސީ 18 އަަހަރު ވުމުން ވޯޓުލެވޭއިރު ފްލެޓުގެ އަގު ދެއްކުމުގެ ޒިންމާ އުފުލޭނެތީ ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ފްލެޓަށް އެދުމުން މިފަހަރު ފްލެޓް ލިބިއްޖެނަމަ އެމީހެއްގެ 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް، ފްލެޓެއް ނުވަތަ އިމާރާތެއް ހުރިނަމަ އެތަނެއް ދޫކޮށްލަން ނުޖެހޭނެ ކަމަށާއި ނަމަވެސް 600 އަަކަފޫޓަށްވުރެ ބޮޑު ތަނެއް، ބިމެއް ހުރި ނަމަ ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އަދި ދެމަފިރިންނަށް އެކުގައި ލިބިއްޖެ ނަމަ އެކަކު ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އަލުން ފޯމުލާން ޖެއްސުވީ ކުރިން ފޯމުތައް ހުށަހަޅާފައިވަނީ މީގެ 4 ވަރަކަށް އަހަރުކުރިން ކަމަށްވުމުން ދިރިއުޅުމުގެ ޙާލަތަށް މިހާރު ބަދަލުތަކެއް އައިސްފައިވާނެތީ ކަމަށެވެ. އަދި އެކަނިވެެރި މައިންގެ ގޮތުގައި ބަލާނީ 30 އެޕްރިލް 2018 އާއި ހަމައަށް ކޯޓުގައި ވަރި ސާބިތުކޮށް ދަރިން ނުވަތަ ދަރިންތަކެއް ބަލަމުން ގެންދާ އަންހެނުން ކަމަށެވެ. އަދި މިގޮތަށް ތާރީޚެއް ހަަޖެއްސީ ފްލެޓް ހޯދުމުގެ ބޭނުމުގައި ވަރިވުން ފަދަ މައްސަލަތައް ކުރިމަތިވިއަ ނުދިނުމަށް ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މިފަހަރު މިހުޅުވާލެވެނީ 2 ކޮޓަރީގެ 7000 ފްލެޓަށް ކަމަށާއި އިތުރު ފްލެޓްތައް އެޅުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ. ފޯމު މިއަދުން ފެށިގެން ދޫކުރި ނަމަވެސް ފޯމްތައް ބަލައިގަންނަން ފަށާނީ 3 ޖޫން އިން ފެށިގެން ކަމަށެވެ. ފޯމް ބަލަައިގަންނާނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މިއަދު އޮންލައިން