"އާސްކް އޭޑީކޭ"ގެ ނަމުގައި ފަސޭހައިން އޭޑީކޭގެ ޚިދުމަތްތަކާއިބެހޭ މައުލޫމާތު ފޯރުކޮށްދޭ ޚިދުމަތެއް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
"އާސްކް އޭޑީކޭ"ގެ ނަމުގައި ފަސޭހައިން އޭޑީކޭގެ ޚިދުމަތްތަކާއިބެހޭ މައުލޫމާތު ފޯރުކޮށްދޭ ޚިދުމަތެއް ފަށައިފި

"އާސްކް އޭޑީކޭ"ގެ ނަމުގައި ފަސޭހައިން އޭޑީކޭގެ ޚިދުމަތްތަކާއިބެހޭ މައުލޫމާތު ފޯރުކޮށްދޭ ޚިދުމަތެއް ފަށައިފިއެވެ. މިއީ ޓެލެގްރާމް އާއި ވައިބަރ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އޭޑީކޭގެ އެމްޑީ އަހްމަދު އަފްޢާލް މިއަދު ވިދާޅުވީ ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ވީހައި ފަސޭހައިން ފޯރުކޮށްދޭން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް މިހާރުވެސް ފަސޭހަކަމާއިއެކު ލިބެމުންދާނެ ކަމަށެވެ.
އަފްޢާލް ވިދާޅުވީ މިޒަމާނަކީ ފޯނުކޮށްގެންނާއި އެސްއެމްއެސް ފޮނުވައިގެން ކަންކަން ކުރުމުން ފުދޭ ޒަމާނެއް ނޫން ކަމަށާއި އެންމެން ވެސް ބޭނުންވަނީ ވަގުތުން ކަންކަން ކުރެވެން ކަމަށެވެ.

"ކުޅުދުއްފުށީގަ ހުންނަ ކޯލް ސެންޓަރުގެ 25 މުވައްޒިފުން މަސައްކަތްކުރާއިރު ގަޑިއަކު 100 ވަރަކަށް ކޯލަށް ޖަވާބުދެވޭ. މަހަކު 50،000 އެސްއެމްއެސް ލިބޭ. އެހެންވީމާ ފަސޭހަ ގޮތްތައް ހޯދަން މިޖެހެނީ."
އަފްޢާލް ވިދާޅުވީ އޭޑީކޭ އިން ޚިދުމަތް ހޯދާ ފަރާތްތަކަށް ތަންކޮޅެއް އަވަހަށް ޚިދުމަތް ލިބޭ ކައުންޓަރެއްވެސް މިހާރު ހުންނާނެ ކަމަށެވެ. "ފާސްޓް ޓްރެކް" ގެ ނަމުގައި ހިންގާ މި ކައުންޓަރުން އެއްވެސް އިންސުއަރަންސް ކާޑެއް ނުވަތަ ސްކީމެއް ބޭނުން ނުކުރެވޭނެ ކަމަށެވެ.
މިއަދު އޮންލައިން