ޑައުރީއަށް 15 ލައްކަ ރުޕީސް ދޭން ނުލިބުމުން އަނބިމީހާ ބޮލަށް ބަޑިޖަހާ މަރާލައިފި
ކައިވެނީގެ ޑައުރީއަށް 15 ލައްކަ ރުޕީސް ދޭން ނުލިބުމުން ކައިވެންޏަށް 10 ވަނަ ދުވަހު އަނބިމީހާ ބޮލަށް ބަޑިޖަހާ މަރާލައިފި އެވެ. މިކަން ކުރީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއްގެ ވިޔަފާރިވެރިއެކެވެ.
ފުލުހުން ބުނީ ދެމަފިރިން އެކުގައި ރޭ ފައްޅިއަކަށް ގޮސްފައި އެނބުރިގެއަށް ދިއަ މަގުމަތީގައި އަނބިމިހާގެ ބޮލަށް ބަޑިޖަހާ މަރާލީ ކަމަށާއި މަރާލުމަށްފަހު ފުލުހުންނަށް ގުޅައި ބުނީ ބައަކު އޭނާގެ ކާރު ހުއްޓުވައި ފައިސާ ތަކެއް ފޭރި ގެންފި ކަމަށާއި އަނބިމީހާގެ ގައަށް ބަޑިވެސް ޖަހާފައިވާ ކަމަށް ކަމަށެވެ.
ފުލުހުން މިހާރު ވަނީ އޭނާ ކުށަށް އެއްބަސް ކުރުވައި މީހަކު މެރިކަމުގެ ކުށުގައި ހައްޔަރުކޮށްފައެވެ. ފައިސާ އާއި ހެދި މޮޔަވެ އަނބިމީހާގެ ބޮލަށް ބަޑިޖަހައި މެރި ވިޔަފާރިވެރިޔާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް ނުވަތަ މަރުގެ ޙުކުމް އިއްވާނެއެވެ.
ޢާއިލާ އިން ބުނީ ޕިންކީ ނިޞްބަތްވަނީ ދިއްލީއަށް ކަމަށާއި ކައިވަނީގެ ކަންކަމަށް އަންހެން ކުއްޖާ 2 މިލިއަން ރުޕީސް ޚަަރަދުކުރި ކަމަށެވެ. ދޮޅު މިލިއަން (15 ލައްކަ) ރުޕީސް އަށް އެދެން ފެށީ ކައިވެނީގެ 2 ވަނަ ދުވަހު ކަމަށެވެ.