އަންނަ ހުކުރު ދުވަހުން ފެށިގެން ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވިފަ ހުންނާނެ

ކިޔުމަށް ހޭދަވާނީ 39ސ
އަންނަ ހުކުރު ދުވަހުން ފެށިގެން ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވިފަ ހުންނާނެ
އަންނަ ހުކުރު ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަހާއި ހަމައަށް، ރޭގަނޑު 11:00 ޖަހަންދެން ފިހާރަތައް ހުޅުވިފައި ބެހެއްޓޭނެ ކަމަށް އިކޮނޮޮމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެމިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިހިނގާ މެއި މަހުގެ 11 އިން ފެށިގެން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތަކާއި ޝައްވާލު މަހުގެ ހަތަކާއި ހަމައަށް އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 11:00 ކަމަށެވެ.

މީގެއިތުރުން އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ ރަމަޟާން މަހާއި ޝާއްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސައިހޮޓާ ރެސްޓޯރަންޓުފަދަ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އިރުއޮއްސުމާއި މެންދަމު 3:00 އާ ދެމެދު ކަމަށެވެ.
މިއަދު އޮންލައިން