ބޮޑުހިތި ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ކިޔުމަށް ހޭދަވާނީ 21ސ
ބޮޑުހިތި ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
ބޮޑުހިތި ރިސޯޓު ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި "ދުވެލި 17" ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ މިރޭ 19:40 ގައެވެ.

މިހާރު އެއަލިފާންފަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މިއަދު އޮންލައިން