ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފިއެވެ.
އެކުންފުނިން މައުލޫމާތު ދީފައިވާ ގޮތުގައި ޕެޓްރޯލާއި ޑިސަލްގެ އަގުބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމާއި ގުޅިގެންނެވެ. އެހެންކަމުން މާދަމާއިން ފެށިގެން ޕެޓްރޯލާއި ޑީސަލް ލީޓަރަކުން 31 ލާރި ބޮޑުވާނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.
ތެލުގެ އަގަށް މިއައި ބަދަލާއިއެކު މާދަމާއިން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.42 ރުފިޔާއަށް ކަމަށާއި ޑިސަލް ލީޓަރެއް ވިއްކާނީ 10.72 ރުފިޔާއަށް ކަމަށް މައުލޫމާތު ލިބެއެވެ.