ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުސް އޮފީހަށް މާދަމާ ހަވީރު ހާޒިރުވުމަށް އަންގާ ޔުމްނާއަށް މިއަދު ޗިޓުވެސް ފޮނުވާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މީގެއިތުރުން މައުލޫމާތު ލިބޭ ގޮތުގައި ޔުމްނާ ގެ މައްޗަށް ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާއި ފަނޑިޔާރުންތަކަކަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން ރޭވި ރޭވުމުގައި ބައިވެރިވި ކަމަށެވެ.
ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ޔުމްނާ މައުމޫންގެ މައްޗަށް ކޮށްފައިވާއިރު، އެކަމަނާގެ ބައްޕާފުޅު އަދި ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން އާއި، ފިރިކަލުން މުޙައްމަދު ނަދީމް ގެ އިތުރުން ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން ގެ މައްޗަށްވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާ ހައްޔަރުކޮށް، އެބޭފުޅުންގެ ޝަރީއަތްވެސް ފަށާފައެވެ.
Today I received a chit from @PoliceMv asking me to come for questioning tomorrow afternoon @hrcmv @MDN_mv @TransparencyMV @UNHumanRights @antonioguterres @amnesty @OmarWaraich pic.twitter.com/ohDLB85akF
— Yumna Maumoon (@yumna_maumoon) May 6, 2018