ރައީސް މައުމޫން ފަރުވާއަށް ނަމަވެސް މިނިވަންކޮށްދެއްވަން ޖޭޕީއިން އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރައީސް މައުމޫން ފަރުވާއަށް ނަމަވެސް މިނިވަންކޮށްދެއްވަން ޖޭޕީއިން އިލްތިމާސްކޮށްފި

ރައީސް މައުމޫނަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެން ހާލުކޮޅު ވަރަށް ސީރިއަސްވެފައި ވުމުން ރައީސް މައުމޫން ފަރުވާއަށް ނަމަވެސް މިނިވަންކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީން މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި ޕީޖީއަށް އިލްތިމާސްކޮށްފިއެވެ.

ޖޭޕީގެ ފަރާތުން މިކަމަށް އިލްތިމާސްކޮށްފައިވަނީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކުރެއްވެވި ޓްވީޓެއްގައެވެ.

"މިއަދަކީ ރައީސް މައުމޫން (82 އަަހަރު) އުުރުން މިހާ ދޮށީ ބޭފުޅެއް ތުހުމަތެއްގަ ޖަލުގައި ބަންދުކޮށްގެން ގުންގުޅޭތާ 3 މަސް ހަމަވާ ދުވަސް.. މިހާރު ރައީސް މައުމޫނަށް ބޮޑު އާލާސްކަންފުޅެއް ޖެހި ވަރަށް ސީރިއަސްވެފައި ވުމުން ޖޭޕީން އެމްޕީއެސް (މޯލްޑިވްސް ޕޮލިސް ސަރވިސް) އާ ޕީޖީއަށް އިލްތިމާސްކޮށް އެދެން ރައީސް މައުމޫން ފަރުވާއަށް ނަމަވެސް މިނިވަންކޮށްދެއްވާ."



މިއަދު އޮންލައިން