ރައީސް މައުމޫންގެ ޞިއްޙީ ޙާލުކޮޅު ގޯސްވެ ޢާއިލާ އާއިއެކު ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ދިނުމަކީ މުޅި ޢާއިލާ ޖަލުގަ ބަންދުު ކުރުމެއް ނޫން: މައުމޫން ޙަމީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރައީސް މައުމޫންގެ ޞިއްޙީ ޙާލުކޮޅު ގޯސްވެ ޢާއިލާ އާއިއެކު ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ދިނުމަކީ މުޅި ޢާއިލާ ޖަލުގަ ބަންދުު ކުރުމެއް ނޫން: މައުމޫން ޙަމީދު
މިއަަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައިވާ ރައީސް މައުމޫންގެ ޞިއްޙީ ޙާލުކޮޅު ގޯސްވެ ޢާއިލާ އާއިއެކު ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ދިނުމަކީ ރައީސް މައުމޫންގެ މުޅި ޢާއިލާ ޖަލުގައި ބަންދުުރުން ނޫން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް، ރައީސް މައުމޫނުގެ ކޮއްކޯފުޅު މައުމޫން ޙަމީދު ވިދާޅުވެއްޖެއެވެ.



މައުމޫން ޙަމީދު ވިދާޅުވެފައިވަނީ މިއީ މިކަމާއި ގުޅިގެން ފުލުހުން ދެވަނަ ލަފައެއް ހޯދުން ރަނގަޅުކަމެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް މައުމޫނުގެ ބޭފުޅުންގެ ތެރެއިން ފުލުހުން ތުހުމަތެއް އަދި މިހައިތަނަށް ނުކުރަނީ ޣައްސާން މައުމޫނަށާއި ދުންޏާ ައުމޫނަށެވެ. ޔުމްނާ މައުމޫނުގެ މައްޗަށްވެސް މިހާރުވަނީ ސރުކާރު ވައްޓާލަން އުޅުއްވިކަމުގެ ތުހުމަތު ކޮށްފައެވެ.



ދުންޔާ މައުމޫން ރައީސް ޔާމީންގެ ސަރުކާރުން ވަނީ 2 ފަހަރަށް އިސްތިއުފާ ދެއްވައިފައެވެ. ޣައްސާން މައުމޫން އަދިވެސް ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.



ރައީސް މައުމޫންގެ ޞިއްޙީ ޙާލުކޮޅާއި ގުޅިގެން ޑޮކްޓަރުން އެންމެ ފަހުން ދެއްވި ލަފާގެ ލިޔުން ހޯއްދަވަން މައުމޫން ޙަމީދު ވަނީ މަސައްކަތްޕުޅުކުރައްވައިފައެވެ. ނަމަވެސް ލިބިވަޑައިގެންނެވިކަން އަދި އެނގިފައެއް ނުވެއެވެެ.
މިއަދު އޮންލައިން