އުފަން ދުވަސް ފާހަގަކުރި ޕާޓީގަ ޖެހި ލަވައެއް ބަދަލު ނުކުރި މައްސަލައެއްގަ ބަނޑަށް ވަޅިހަރާ މަރާލައިފި
އުފަން ދުވަސް ފާހަގަކުރި ޕާޓީގައި ޖެހި ލަވައެއް ބަދަލު ނުކުރި މައްސަލައެއްގައި ބަނޑަށް ވަޅިހަރާ ޒުވާނަކު މަރާލައިފިއެވެ. މިހާދިސާ ހިންގާފައި ވަނީ ރޭ ދިއްލީގައި ޕަބަކާއިއެކު ހިންގާ ރެސްޓޯރަންޓެއްގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެއިރު ޖަހަމުންދިއަ ލަވަ ކަމުނުގޮސްގެން ބަދަލުކުރަން ބުނުމުން ޑީޖޭ އޮޕަރޭޓްކުރަންހުރިި މީހާ އެކަމަށް ދެކޮޅު ހެދުމުން ތަލާފޮޅުމަކަށް ބަދަލުވީއެވެ. އަދި ވަކި ހިސާބަކުން ޑީޖޭ އޮޕަރޭޓްކުރަންހުރި މީހާ ރުޅިގަދަވެ ވަޅިއެއް ނަގައި އެތަނުން ޒުވާނެއްގެ ބަނޑަށް ހަރައިލީއެވެ.
ފުލުހުންނަށް އާދެވުނު ޕާޓީކުރި ގިނަ މީހުންވަނީ ފިލައިފައެވެ.