ބްރިޖު ހުޅުވާ ޚަފްލާ ކުލަގަދަކޮށް ބޭއްވުމަށްޓަކައި ޑރ. މުއިއްޒު ޗައިނާއަށް ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ބްރިޖު ހުޅުވާ ޚަފްލާ ކުލަގަދަކޮށް ބޭއްވުމަށްޓަކައި ޑރ. މުއިއްޒު ޗައިނާއަށް ވަޑައިގެންފި
ހުޅުލެއާއި މާލެއާއި ދެމެދު ތަރައްޤީ ކުރަމުންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ރަސްމީކޮށް ހުޅުވާ ޚަފްލާ ކުލަގަދަކޮށް ބޭއްވުމަށް ތައްޔާރުވުމަށްޓަކައި ހައުމިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންފިއެވެ.

ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވަނީ ޗައިނާ ސަރުކާރުގެ ވެރިންނާއި ބައްދަލު ކުރައްވާ ދެ ސަރުކާރު ގުޅިގެން ވީހާވެސް ކުލަގަދަ ގޮތެއްގައި ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ޑރ. މުއިއްޒު ވިދާޅުވީ، ބްރިޖަކީ ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް ޒަމާނީ ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށާއި ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ހުށަހަޅާ ކަންތައްތަކާއެކު ދެފަރާތުގެ އެއްބާރުލުމާއިއެކު ކަމަށެވެ.

ބްރިޖުގެ މަސައްކަތްތައް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކުރިއަށްދާއިރު، މަަސައްކަތް ނިންމަން ހަވާލު ކުރެވިފައިވާ ތާރީޚަށް ނިންމާލެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.


މިއަދު އޮންލައިން