ކުރީގެ ސީޕީ އަރީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް

ކިޔުމަށް ހޭދަވާނީ 1މ 7ސ
ކުރީގެ ސީޕީ އަރީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް
ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ސީޕީ އަރީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލް ކުރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން މިދިޔަ ހަފްތާގައި ބޭއްވި އަޑުއެހުމުގައި، ވަކީލަކާއެކު ހާޒިރުވެ ދައުވާއަށް ޖަވާބުދާރީވުމަށް އަރީފަށް ކޯޓުން ވަނީ އެދުވަހު ފުރުސަތު ދީފައެވެ.

ސީޕީ އަރީފްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަށާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެންބަރު އަހުމަދު އިލްހާމާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު އާއި ޔުމްނާ މައުމޫން ގެ ފިރިކަލުން މުޙައްމަދު ނަދީމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ ދައުވާގެ ތުހުމަތުގައި ޔުމްނާ މައުމޫން މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުންވަނީ ޗިޓު ފޮނުވާފައެވެ.

މިއަދު އޮންލައިން