އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް، ރޭގެ ވަގުތެއްގައި ޔުމްނާ ފޮނުއްވި ސިޓީއެއްގައި އެދިލައްވާފައިވަނީ، އެކަމަނާގެ ހަގު ދަރިފުޅު ބެލެހެއްޓުމުގެ ކަންކަން މިދުވަސްކޮޅު ކުރަނީ އެކަމަނާ އެކަނި ކަމަށާއި އެހެންކަމުން ދަރިފުޅު ގާތުގައި އެހެން މީހަކު ބެހެއްޓޭނެ އިންތިޒާމު މިއަދަށް ހަމަޖެހެން ނެތުމާއިއެކު ދޮށީ ދަރިފުޅުވެސް މިރޭ މާލެ އަންނާތީ، ފުލުސް އޮފީހަށް ހާޒިރުވާންވީ ވަގުތު މާދަމާއަށް ބަދަލު ކޮށްދެއްވުމަށެވެ.
ނަމަވެސް އެސިޓީގެ ޖަވާބުގައި ފުލުސް އޮފީހުން ބުނެފައިވަނީ އެކަމަނާ އެއެދިލެއްވި ފަދައިން އެއިދާރާއަށް ހާޒިރުވާންވީ ވަގުތު ފަސްކޮށްދެވެން ނެތްކަމަށެވެ.
ފުލުހުން ދެއްވި ޖަވާބު ޓްވިޓާގައި ހާމަ ކުރައްވަމުން ޔުމްނާ ވިދާޅުވީ، ހާޒިރުވާންވީ ވަގުތު ފަސްކޮށްދެވެން ނެތަކަމަށް އަންގާފައިވުމުން، މިއަދު ހަވީރު 16:00 ގައި ފުލުސް އޮފީހަށް ހާޒިރުވާނެ ކަމަށެވެ.