އޭސީސީ އަށް ރެޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ އަދަދު މިއަހަރު އިތުރުވެއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
އޭސީސީ އަށް ރެޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ އަދަދު މިއަހަރު އިތުރުވެއްޖެ
2017 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ރެޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެކަމަށް އެކޮމިޝަނުން ބުނެފިއެވެ.

މިއަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭގައި އޭސީސީން 280 މައްސަލަ ރެޖިސްޓްރީ ކޮށްފައިވާކަަމަށް އެކޮމިޝަނުން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރެޖިސްޓްރީ ކުރެވިފައިވަނީ 274 މައްސަލައެވެ.

މީގެއިތުރުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އޭސީސީ އަށް 162 މައްސަލައެއް ހުށަހަޅާފައިވާއިރު، އެކޮމިޝަނުން އިސްނަގައިގެން 118 މައްސަލައެއް ރެޖިސްޓްރީ ކޮށްފައިވެއެވެ. އޭގެތެރެއިން އޭސީސީއިން ދިރާސާ ކުރުމަށްފަހު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައު 248 މައްސަލައެއް ތަޙުޤީޤު ކުރުމަށް ނިންމާފައިވާ ކަަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.

މިއަދު އޮންލައިން