ވިލާއިން މާލޭގެ ހުޅަނގު ދެކުނު ފަރާތުން، ބޮޑުތަކުރުފާނު މަގާއި އަމީނީމަގު ގުޅޭ ކަންމަތީގައި ހިންގާ ޕެޓްރޯލް ޝެޑް، މާލޭގެ ސިނާއީ ބިމަށް ބަދަލު ކުރުމަށްޓަކައި ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ.
ވިލާއިން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގައި ތަރައްޤީކުރާ 25 ބުރީގެ ހޮސްޕިޓަލް އިމާރާތުގެ ބޭނުމަށް އެބިން ބޭނުންވާތީ، މާލޭގެ ސިނާއީ ސަރަޙައްދަށް ވިލާގެ ޕެޓްރޯލް ޝެޑް ބަދަލު ކުރުމަށް ސަރުކާރާއިމެދު އެއްބަސްވެފައިވާ ކަމަށާއި އެހެންކަމުން މިމަހުގެ ނިޔަލަށް ޕެޓްރޯލް ޝެޑް ބަންދު ކުރަން ޖެހޭތީ، އެކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށްޓަކައި ވިލާ ހަކަތައިން މިހާރު ހިންގާ ބަންދު ކުރީ ކަމަށެވެ.
މާލޭގެ ސިނާއީ ސަރަޙައްދަށް ޕެޓްރޯލް ޝެޑް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިލާއިން ވަނީ މައުލޫމާތު ދީފައެވެ.