ހުޅުމާލޭ ގޭޓްވޭ ސްކޫލަށް ވައްކަންކުރަން ވަދެ އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
 ހުޅުމާލޭ ގޭޓްވޭ ސްކޫލަށް ވައްކަންކުރަން ވަދެ އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން ވައްކަންކުރަން ވަދެ އުޅުނު ދެ މީހަކު ފިލަން މަސައްކަތްކުރަނިކޮށް ފުލުހުން އެ ދެ މީހުން ހުއްޓުވައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގޭޓްވޭ ސްކޫލް ފާރުމަތިން ފުންމާލައިގެން ފިލަން މަސައްކަތްކުރަނިކޮށް ހުއްޓުވައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ފަތިހު 3:40 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ތެރެއިން 37 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ހިތިގަސްމަގު 3 ނަމްބަރު ގޯޅިންކަމަށާއި 20 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ 40 ނަންބަރު ފްލެޓް ކައިރިންކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކޮށް، ގޭޓްވޭ ސްކޫލް ކައިރީ ބަލައިފާސްކުރިއިރު ފޯނަކާއި، ދެ ދަތްގަނޑާއި، ކަށިގަނޑުތަކެއްގެ އިތުރުން ދަބަހަކާއި، އަންގިއާއި، މާސްކެއް ފެނިފައިވާކަމަށް ފުލުުހުން ބުންޏެވެ.
ހުޅުމޭލެ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
މިއަދު އޮންލައިން