އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު 4 މަހާ 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު 4 މަހާ 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފި
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ޖަލުގައި ބަންދުކުރިތާ 3 މަސް ދުވަސް ފަހުން 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޙުކުމް އިއްވެވީ މައްސަލަ ބެއްލެވި ފަނޑިޔާރު އިބްރާހީމް ޢަލީ އެވެ. ޙުކުމް ކުރެއްވީ ދައުލަތުން ދައުވާކުރި "ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި" މައްސަލަ ނުވަތަ ޖެމްސް ނިޒާމު ހުއްޓުވި މައްސަލައިގައެވެ.

މައްސަލައިގައި އުއްތަމަ ފަނޑިޔާރު އެމަނިކުފާނުގެ ދިފާޢީ ހެކިންގެ ގޮތުގައި ހުށަހެޅުއްވި 5 ހެކިންގެ ތެރެއިން ހެކިބަސް ނަގާފައިވަނީ އެންމެ ހެއްކެއްގެ އެވެ. އޭނާގެ ހެކި ބަހަށް ބަލާއިރު ސްޕްރީމް ކޯޓުގެ އެ ނިޒާމު ހުއްޓުނުކަން އޭނާއަށް އެނގިފައެއް ނުވެއެވެ. ދައުލަތުން ހުށަހެޅި ހެކިން ހެކި ބަސްދީފައިވަނީ ކާކުކަން ނުއެނގޭ ގޮތަށް ސިއްރުންނެވެ.

ޤަނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް އިންސާފު ލިބިވަޑައިގެންނެވި ކަމަށް ޤަބޫލުފުޅު ނުކުރައްވަވާ ކަމަށާއި ޤައުމުގެ އުއްތަމަ ފަނޑިޔާރަށް އިންސާފު ނުލިބުނު ޤައުމެއްގައި އިންސާފު ލިބޭނެ މީހަކު ހުންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން