ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލަން ބޮން ހެދި މީހާ ސަލާމަތްވިގޮތަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ޖެމްސްގެ ޚިދުަތް "ކަނޑާލިމީހާ" އަށް އަދަބު ނުދިނުމުން ޤާނޫނީ ވަކީލް ޙުސައިން ޝަމީމް ކަންބޮޑުވުން ފައުޅުކުރައްވައިފި އެވެ.
ޝަމީމް މިއަދު ވިދާޅުވީ ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެކަންކުރި މީހަކު ކަމަށެވެ. އެކަންކުރުމަށް އަމުރުކުރި މީހަކަށް އުފުލަންޖެހޭނީ އަމުރުކުރިކަމުގެ ޒިންމާ ކަމަށެވެ.
ޝަމީމް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ލިޔުންތައް ބަދަލުކުރަން ބޭނުންކުރާ ޖެމްސް ނިޒާމް ބޭނުންކުރެވޭނީ އެ ނިޒާމު ބޭނުންކުރުމަށް ބޭނުންވާ ޕާސްވޯޑް ލިބިފައި އޮންނަ ބައަކަށް ކަމަށާއި ނިޒާމް ކަނޑާލުން ފަދަ ކަމެއް ކޮށްފިނަމަ އެކަންކުރި މީހަކު އެންސީއައިޓީއަށް އެނގޭނެ ކަމަށެވެ.
ޝަމީމް ވިދާޅުވީ ސްޕްރީމް ކޯޓުން ޖެމްސްގެ ޚިދުމަތް ކަނޑާލައިގެން އެއްވެސް މީހަކު ކުށްވެރިވާނަމަ ކުށްވެރިވާންޖެހޭނީ ޚިދުމަތް ކަނޑާލި މީހާ ކަމަށެވެ. އެކަންކުރަން އަމުރުކުރި މީހާ ނޫން ކަމަށެވެ. "ޖިނާޢީ ކުށެއް ކުރީމާ ކްރިމިނަލް ކޯޓުން ޖިނާޢީ ޤާނޫނު މާނަކުރި ގޮތް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުއެނގުނު. އެ ޤާނޫނުގައި މިކަންކަން ވަރަށް ރަނގަޅަށް ބަޔާންކޮށްފަ އޮންނާނެ." ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ޤާނޫނު ފޮތްތަކުގައިވެސް ޖިނާޢީ ކުށްތަކާއިބެހޭ ގޮތުން ލިޔެފައި އޮންނަނީ ކުށުގެ ޒިންމާ އުފުލަންޖެހޭނީ ކުށްކުރި މީހާކަމަށެވެ. އެހެންކަމާއިއެކުވެސް ރާއްޖޭގެ ފަނޑިޔާރުން އެކަންކަމަށް ނުބައްލަވާ މައްސަލަ ވެސް ޝަމީމް ވަނީ ފާހަގަކުރައްވައިފައެވެ.