މައިން ބަފައިންނަށް އަނިޔާވެރިވުމަކީ އެންމެ ބޮޑު އެއް ފާފަ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މައިން ބަފައިންނަށް އަނިޔާވެރިވުމަކީ އެންމެ ބޮޑު އެއް ފާފަ: ޝައިޚް ޢަލީ ޒައިދު
މައިން ބަފައިންނަށް އަނިޔާވެރިވުމަކީ އެންމެ ބޮޑު އެއް ފާފަ ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ޓްވީޓް ކުރައްވައި ވިދާޅުވީ "ދަރިން ބަފައިންނަށް ނުވަތަ މައިންނަށް ހަޑިހުތުރު ބަސްތައް ކިޔޭނެ އެއްވެސް ހާލަތެއް ނާންނާނެ. ލަދު ހަޔާތް އަރުއްވައިގެންފަ ހުރި މީހެއް މައިން ބަފައިންނަށް ހަޑިހުތުރުބަހުން ވާހަކަ ދައްކާނީ. ބިރުވެތިވޭ. ﷲ ބައްލަވައި ވޮޑިގެންވޭ. ތިކުރެވެނީ އެންމެ ބޮޑު އެއް ފާފަ.!" ކަމަށެވެ.

ޝައިޚް ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވީ ޕެރަލައިޒް ވެފައިވާ އުމުރުން ދުވަސްވީ މީހަކަށް އޭނާގެ ދަރިއަކު އަނިޔާކޮށް ހަޑިހުތުރުބަހުން ވާހަކަދައްކާ ވީޑިއޯ އެއް ޢާންމުވުމުންނެވެ.



މިއަދު އޮންލައިން