ސިއްހީ ހާލުކޮޅު ގޯސްކަމުން މައުމޫން ކޯޓަށް ހާޒިރުނުކޮށް ޝަރީއަތް ކެންސަލްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ސިއްހީ ހާލުކޮޅު ގޯސްކަމުން މައުމޫން ކޯޓަށް ހާޒިރުނުކޮށް ޝަރީއަތް ކެންސަލްކޮށްފި
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްކަމުން ކޯޓަށް ހާޒިރުނުކޮށް ޝަރީއަތް ކެންސަލްކޮށްފިއެވެ.

ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ކޯޓްގައި އޮތް ޝަރީއަތުގެ އަޑުއެހުމަށް މައުމޫން ކޯޓަށް ހާޒިރުކޮށް ދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް، އެމަނިކުފާނުގެ ހާލުކޮޅު ހުރި ގޮތުން މިއަދުގެ އަޑުއެހުމަށް ހާޒިރުކޮށްދެވެން ނެތްކަން ފުލުހުން ކްރިމިނަލް ކޯޓަށް އަންގާފައިވާ ކަމަށެވެ.

މައުމޫންގެ ޝަރީއަތުގެ އަޑުއެހުމެއް އޮތީ މިއަދު ހަވީރު 3:00ގަ އެވެ. އެހެން ނަމަވެސް އެ އަޑުއެހުންތައް ކެންސަލްވެފައިވާކަން ކޯޓުން އަންގާފައިވާ ކަމަށް ވެސް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާ އަދި ހެކި ނައްތާލަން އުޅުމުގެ ދައުވާ ދައުލަތުން އުފުލައިފަ އެވެ.



މިއަދު އޮންލައިން