ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސް ވުމުންވެސް ގޭބަންދަށް ބަދަލުކޮށްދޭން ބޭނުން ނުވާނަމަ ރައީސް މައުމޫނުގެ ޚިދުމަތުގައި ޖަލުގައި ހުންނެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ނަސްރީނާ ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ޖަލުތަކުގައި މީހުން މަރުވެފައިވެސް އެބަހުއްޓެވެ. ތަޅާ އަނިޔާކޮށް މަރާފައިވެސް އެބަހުއްޓެވެ. ނަމަވެސް މީގެ ކުރިން އެބާވަތުގެ ކަންކަން ހިންގާފައިވަނީ ވެރިންނަށް ނުއެނގިކަމަށް ވެރިން ވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫނުގެ ޞިއްޙީ ޙާލުކޮޅުގެ ކަންކަން ހިނގަމުން މިދަނީ ހުރިހާ އެންމެންނަށް ވެސް ރަނގަޅަށް އެނގިގެން ކަމަށްވުމުން މިއީ މިފަދަ ގޮތަކަށް ކުރިއަށްދާ މިބާވަތުގެ ފުރަތަމަ މައްސަލަކަމަށް ބެލެވޭތީ ގިނަ ބައަކު ދަނީ އެކަން ފާހަގަކޮށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
Firimeeha haalugai jehunu dhuvahu alhaalai, oagaatheri vumuge rivethi namoona eh RM ge anbikanbalun @NasreenaIbrahm dhakkavai dhevvaifi. Masha Allah.
— Dr Mohamed Iyaz (@dr_iyaz) May 7, 2018
Maaiy Allah ekamanaa ah heyo jazaa dhevvaashi.