ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާއިން ބައެއް ފިނޭންސް މިނިސްޓްރީން ހިފަހައްޓައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާއިން ބައެއް ފިނޭންސް މިނިސްޓްރީން ހިފަހައްޓައިފި
ދައުލަތުގެ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާއިން ބައެއް ފިނޭންސް މިނިސްޓްރީން ހިފަހައްޓައިފިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

އިދިކޮޅު ޕާޓީތަކުން މިރޭ ބުނީ ފިނޭންސް މިނިސްޓްރީން އަދި ދޫކުރީ 6 މިލިއަން ރުފިޔާ ކަމަށާއި ލިބުނު ފައިސާ ޕާޓީތަކަށް ބަހަން މަސައްކަތްކުރާ ކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އިދިކޮޅު ޕާޓީތަކުން ބުނީ މިއަހަރަކީ ރިޔާސީ އިންތިޚާބު ބާއްވާ އަހަރު ކަމަށްވުމުން ޕާޓީތަކުންވެސް ކުރަންޖެހޭ ޚަރަދުތައް ބޮޑުވާނެ ކަމަށާއި ލިބެންޖެހޭ ފައިސާ ހަމައަށް އެއްފަހަރާ ނުލިބި ބައިބައަށް ލިބޭނަމަ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމަށެވެ. އަދި މިގޮތަށް ކަންތައްތައް ކުރަނީ ޤަޞްދުގައި ޕާޓީތަކަށް ދަތިކުރަން ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

އިދިކޮޅު ޕާޓީތަކުން ބުނީ ސިޔާސީ ޕާޓީތަކަށް ލިބެންޖެހޭ ފައިސާގެ އަދަދާއި ދޭންޖެހޭ މުއްދަތު ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ޤާނޫނާއި ޚިލާފަށް މިގޮތަށް އަމަލުކުރަނީ ކަންކަމަށް ފަހުން ބޮޑު ބަދަލެއް ގެނެސް ދޭންޖެހޭ ފައިސާ ހަމައަށް ނުދިނުމުގެ ނިޔަތުގައި ކަމާއިމެދު ސުވާލު އުފެދޭ ކަމަށްވެސް ވަނީ ބުނެފައެވެ.
މިއަދު އޮންލައިން