އުއްތަމަ ފަނޑިޔާރާމެދު އަމަލުކުރީ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރަން ކަތިލި ކަންބަޅިއެއް ފަދައިން: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އުއްތަމަ ފަނޑިޔާރާމެދު އަމަލުކުރީ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރަން ކަތިލި ކަންބަޅިއެއް ފަދައިން: ޑރ. ޙުސައިން
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއިމެދު އަމަލުކުރީ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރަން ކަތިލި ކަންބަޅިއެއް ފަދައިން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ޙުސައިން ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޙުސައިން ވިދާޅުވީ ރާއްޖޭގެ މުޅި ތާރީޚަށް ބެލި ނަމަވެސް އުއްތަމަ ފަނޑިޔާރު މަނިކުފާނު އެ މަޤާމުގައި ބަހައްޓައިގެން ދަށު ކޯޓަކުން ޖަލު ބަންދަށް ޙުކުމްކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެހެންކަމުން މިއަދަކީ ރާއްޖޭގެ ތާރީޚަށް މުހިންމު ދުވަހަކަށް ވެގެން ހިނގައްޖެ ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ ޖެމްސް ހުއްޓުވިކަމުގެ ކުށުގައި ޙުކުމްކުރިއިރު ސަރުކާރުގެ ލިޔެކިޔުންތައް ބަދަލުކުރަންޖެހޭނީ ޖެމްސް މެދުވެރިކޮށް އެކަނި ކަމަށް ކަނޑައަޅާ އެއްވެސް ޤާނޫނެއް ރާއްޖޭގައި ނެތް ކަމަށެވެ. "އެހެންވީމާ ޖެމްސް ހުއްޓުވަން އަމުރުކުރެއްވި ނަމަވެސް ސަރުކާރު ހުއްޓެންޖެހެންވީ ސަބަބެއް ނުވިސްނޭ. އަދި ޖެމްސް ހުއްޓުވިނަމަ އަމަލީ ގޮތުން އެކަންކުރި މީހާ ކުރީ ކުށަކަށް ނުވި ސަބަބެއް ވެސް ނުވިސްނުނު."

ޑރ. ޙުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރެވުނީވެސް ހައްޔަރުކުރުމަށްފަހު ކަންކަން ކުރަމުން ގެންދަނީވެސް ޤާނޫނު އަސާސީއާއި ޚިލާފަށްކަން ހުރިހާ ޤާނޫނީ ވަކީލުން ވެސް ފާހަގަކުރައްވާ ކަމަށެވެ. "ޝަރީއަތަށް ހެކި ހުށަހެޅުމުގެ ފުރުޞަތު ލިބެންޖެހޭނެ. ހެކި ހުށަހެޅެންވެސް ޖެހޭނެ. ނަމަވެސް އެ ފުރުޞަތުވެސް ލިބިވަޑައިގަންނަވަންޖެހޭ ގޮތަށް ލިބިވަޑައިގެންފައެއް ނުވޭ."

ޑރ. ޙުސައިން މިރޭ ވެސް ވިދާޅުވީ ރާއްޖޭގައި މިހާރު ކަންކަން ކުރަމުން މިގެންދަނީ ރަސްގެފާނުގެ އެންގެވި ގޮތަށް ޙުކުމް ނުކުރެއްވުމުން ސިރާޒީ ފަނޑިޔާރު މަނިކުފާނުގެ ހަށިކޮޅުގައި ކަފަބަނދެ އަންދައިލި އުޞޫލުން ކަމަށެވެ.

(ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ސީރާޒީ ފަނޑިޔާރު މަނިކުފާނުގެ ހަށިކޮޅުގައި ކަފަބަނދެ އަންދައިލަން އަމުރު ކުރެއްވި ރަސްގެފާނުގެ ހަށިކޮޅުން އާދައާ ޚިލާފު ހޫނެއް ވަނީ އަރައިފައެވެ. އެކަމުގެ ތެރޭގައި އަވަހާރަވުމުންވެސް އެ ގަދަ ހޫނު ހަށިކޮޅުގައި ހުއްޓެވެ. ވަޅުފުޅުލުމަށް ލަކުނޑި ސަންދޯކަކަށް ލުމުން ސަންދޯކުން ވަނީ ދުން އަރައިފައެވެ. އަދި ސަންދޯއް ވަނީ އަނދައިފައެވެ. ލޮނު ޒިޔާރަތްކޮޅުގައި ފާހަގަކޮށްފައި އެހެރީ ހިރިގަލު ސަންދޯކަކަށް ލައިގެން ކަނޑު ފައްތަން ގެންދެވުނު ހިސާބުގައެވެ. އެހިސާބަށް ގެންދިއަތަނާ ތަންޑިޔާ ކަނޑައިގެން ވެއްޓުނީ ކަމަށް ބުނެވެއެވެ.)
މިއަދު އޮންލައިން