ރައީސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުންކަމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ

ކިޔުމަށް ހޭދަވާނީ 55ސ
ރައީސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުންކަމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ
ހާލުކޮޅު ބޮޑުވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމުގެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

ރައީސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމަށް، ހާލުކޮޅު ބޮޑުވުމުގެ ސަބަބުން މިއަދު ހާޒިރު ނުކުރެވުނު ކަމުގައިވިޔަސް، އެމަނިކުފާނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ.

މިއަދު އެކޯޓަށް ރައީސް މައުމޫން ހާޒިރު ކުރުމަށް ތާވަލު ކުރެވުނު ނަމަވެސް، އެމަނިކުފާނުގެ ހާލުކޮޅު ހުރިގޮތުން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ފުލުހުން އަންގާފައިވާތީ، ކްރިމިނަލް ކޯޓުން އެކަން ވަކީލުންނަށް އަންގާފައިވާ ކަމަށް ރައީސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވިއެވެ.

މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ރައީސް މައުމޫންގެ ހާލުކޮޅު ގޯސްކަމަށް ބުނެ، އެމަނިކުފާނުގެ އާއިލާއިން ގެންދަނީ އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ގޮވާލުމުގެ އަޑު ހަރު ކުރަމުންނެވެ.
މިއަދު އޮންލައިން