ޓެރަރިޒަމްގެ ތުހުމަތު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން ގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ފުލުހުން މިއަދު ދީފިއެވެ.
ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ފުލުހުން މިއަދު ޔުމްނާ މައުމޫނަށް ދީފައިވަނީ، ފުލުހުންގެ އިދާރާއަށް މިއަދު ހަވީރު އެކަމަނާ ހާޒިރު ކުރުމަށްފަހުއެވެ.
އިއްޔެވެސް އެކަމަނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު، ވަކީލަކާއެކު މިއަދު ހާޒިރުވުމަށް ފުލުހުން އަންގާފައިވެއެވެ. ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް ފުލުހަށް ހާޒިރުވުމުގެ ކުރިން ޔުމްނާ އެދިލެއްވި ނަމަވެސް އެފުރުސަތު ދެވެން ނެތް ކަމަށް ފުލުހުންވަނީ ކުރިން އަންގާފައެވެ.
ވަކީލަކާއިނުލާ ފުލުހުންގެ އިދާރާއަށް މިއަދު ހަވީރު ޔުމްނާ ވަޑައިގެންނެވުމުން، ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް އެކަމަނާއަށް ފުލުހުންވަނީ ދީފައެވެ.