ތެޔޮފީފާއެއްގެ އަގު 76.75 ޑޮަލަރަށް ފުންމައިގެން ހިނގައްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ތެޔޮފީފާއެއްގެ އަގު 76.75 ޑޮަލަރަށް ފުންމައިގެން ހިނގައްޖެ

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު ކުއްލިަކަށް މިއަދު 76.75 ޑޮަލަރަށް ފުންމައިގެން ހިނގައްޖެއެވެ. މި ބޮޑު ބަދަލު ކުއްލިއަކަށް މިއައީ ިޜަނާނެގ ނޔުކްލިއަރ މައްސަލައިން ދުރުވާން އެމެރިކާގެ ރައީސް ޓްރަމްޕް ނިންމި ނިންމުމާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕްުގެ މިނިންމުމާއި ގުޅިގެން އެމެރިކާ އާއި އީރާނުގެ ގުޅުމުގެ މައްސަލަ އިތުރަށް ގޯސްވުމުގެ އިތުރުން މެދުއިރުމަތީގައި ވެސް އިތުރު ހަމަނުޖެހުންތަކެއް އުފެދިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ މިނިންމުމުގެ ސަބަބުން އީރާނާއިމެދު އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް ބެލެވޭއިރު އީރާނާއިި ދެކޮޅަށް ހަނގުރާމައެއް ފެށުމަށް އެމެރިކާ އާއި އިޒްރޭލުން ދަނީ ބައިވެރިން ހޯދަމުންކަން ފާހަގަކުރެވެއެވެ.

މީގެ ކުރިން ލަފާކުރެވިފައި އޮތީ މިއަަހަރުގެ ފަހުކޮޅަށް ދަންދެން ތެލުގެ އަގު ކޮންމެވެސް ވަރަކަށް ކޮންޓްރޯލުކުރެވި ހިފެހެއްޓޭނެ ކަމަށެވެ. 80 ޑޮލަރަށްވުރެ މަތި ނުވާނެ ކަމަށެވެ. ނަމަވެސް އެ ލަފާކުރުންތަކަށް މިހާރު މިވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ.

ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ދުނިޔޭގެ ވިޔަފާރިތަކަށް ކުރާނެއެވެ. މުދަލާއި ޚިދުމަތުގެ އަގު އުފުލޭނެއެވެ.
މިއަދު އޮންލައިން