ރައީސް މައުމޫނުގެ ޝަރީއަތް މިއަދުވެސް ކެންސަލް- ރައީސް މައުމޫނުގެ ޤަބުރަށްވެސް ޙުކުމް ކުރާނެ، ރައްޔިތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރައީސް މައުމޫނުގެ ޝަރީއަތް މިއަދުވެސް ކެންސަލް-  ރައީސް މައުމޫނުގެ ޤަބުރަށްވެސް ޙުކުމް ކުރާނެ، ރައްޔިތުން

ކްރިމިނަލް ކޯޓުގަ މިއަދު ކުރިއަށްގެންދަން ތާވަލުކުރި ރައީސް މައުމޫނުގެ ޝަރީއަތްވެސް ކެންސަލްކޮށްފިއެވެ.

ކޯޓުން ސަބަބު ބުނެފައި ނުވި ނަމަވެސް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވަނީ ކެންސަލްކުރީ ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން ކޯޓަށް ހާޒިރު ނުކުރެވިގެން ކަމަށެވެ. އިއްޔެވެސް ވަނީ އެމަނިކުފާނުގެ ޝަރީޢަތް ކެންސަލް ކޮށްފައެވެ.

ރައީސް މައުމޫނުގެ ޞިއްޙީ ޙާލުކޮޅު މިހިސާބަށް ދިއައިރުވެސް އަދިވެސް އެމަނިކުފާނު ހުންނެވީ ޖަލު ބަންދުގައި ދޫނިދޫގައެވެ. ރައީސް މައުމޫނު ވަނީ އެމަނިކުފާނުގެ ޞިއްޙީ ޙާލުކޮޅަށް ރިޢާޔަތްކުރައްވައި އިންސާނިއްޔަތަށްޓަކައި ނަމަވެސް ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ރައީސް މައުމޫނުގެ ޢާއިލާ އާއި ސިޔާސީ ފަރާތްތަކުންވެސް ގެންދަނީ އެކަމަށް އެދި ތަކުރާރުކޮށް ގޮވާލަމުންނެވެ.

ޕީޕީއެމްގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރާނަމަ ޖެހޭނީ ޖިނާޢީ އިޖުރާތުގެ ޤާނޫނު އުވާލަން ކަަމަށެވެ. ޕީޕީއެމުން ބުނާ މިފަދަ ބުނުންތައް އަދި މިހައިތަނަށް ވަނީ ތަންފީޒުކުރެވިފައެވެ. އެހެންކަމުން ރައްޔިތުންގެ ގިނަ ބައަކު މިހާރު ބުނަމުން ގެންދަނީ ރައީސް މައުމޫން އަވަހާރަވެއްޖެނަމަ ޤަބުރަށްވެސް ޙުކުމް ކުރާނެ ކަމަށެވެ.
މިއަދު އޮންލައިން