އިސްލާމިކް ބޭންކުން "ފައިސާ މޯބައިލް" އެޕް ތަޢާރަފްކޮށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭން ފަށައިފި
މޯލްޑިވްސް އިސްލާމިކް ބޭންކުން "ފައިސާ މޯބައިލް"ގެ ނަމުގައި ބޭންކުގެ ގިނަ ޚިދުމަތްތަކެއް ލިބޭ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.
ބޭންކުންދޭ ތަފާތު ގިނަ ޚިދުމަތްތައް ފަސޭހަކަމާއިއެކު ލިބިގަތުމަށް ބޭނުންކުރެވޭ މިއެޕް އިފްިތާޙްކުރުމަށްޓަކައި ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެކްޓިންގ ސީއީއޯ އަޙްމަދު ރިޟާ ވިދާޅުވީ މި އެޕް ފަރުމާއި އެޕާއި ގުޅުންހުރި ހުރިހާ ކަންކަން ކޮށްފައިވަނީ ދިވެހިން ކަމަށާއި އެހެންކަމުން މިއީ ސައްތައިން ސައްތަ ދިވެހި އުފެއްދުމަށް ކަމަށެވެ.
ރިޟާ ވިދާޅުވީ މި އެޕް ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ކަމަށެވެ. މީގެ ކުރިން ރާއްޖޭގައި ތަޢާރަފްކޮށްފައިވާ މިފަދަ އެޕްތަކުން ނުލިބޭ ބައެއް ޚިދުމަތްތައް މިއެޕުން ލިބޭނެ ކަމަށްވެސް ރިޟާ ވިދާޅުވިިއެވެ.
ރިޟާ ވިދާޅުވީ މި އެޕް ބޭނުންކުރަން އެއްވެސް އަގެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ރެއިން ފެށިގެން އިންޓަރނެޓް ބޭންކިންގގެ އެއްވެސް ޚިދުމަތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް ރިޟާ ވިދާޅުވިއެވެ.