އެމްޓީޑީސީއަށް މިދިޔަ އަހަރު އާމްދަނީ ދަށްވެ، ކުރި ވިޔަފާރިން ލިބުނީ ގެއްލުން

ކިޔުމަށް ހޭދަވާނީ 1މ
އެމްޓީޑީސީއަށް މިދިޔަ އަހަރު އާމްދަނީ ދަށްވެ، ކުރި ވިޔަފާރިން ލިބުނީ ގެއްލުން


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ދަށްވެ، ގެއްލުން ލިބިއްޖެއެވެ.

އެމްޓީޑީސީއިން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު އެ ކުންފުންޏަށް 40،941 ޑޮލަރު (631،310 ރުފިޔާ) ގެ ގެއްލުމެއް ލިބިފައެވެ.
އެމްޓީޑީސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 4.4 މިލިއަން ޑޮލަރު (67.8 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. އޭގެ ކުރީ އަހަރުގެ އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ހަ މިލިއަން ޑޮލަރު (92.5 މިލިއަން ރުފިޔާ) އެވެ.

އެމްޓީޑީސީގެ މިިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، އެ ކުންފުނީގެ ދަރަނީގެ ގޮތުގައި 26.1 މިލިއަން ޑޮލަރު (402.4 މިލިއަން ރުފިޔާ) އެބަ އޮތެވެ.
އެމްޓީޑީސީއަށް މިދިޔަ އަހަރު ގެއްލުން ލިބިފައިވާތީ، އެ ކުންފުނީގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ، އެ ކުންފުންޏަށް މިދިޔަ އަހަރު ގެއްލުންވި މައިގަނޑު ސަބަބަކީ ކުއްޔަށް ނަގާފައިވާ ރަށްތައް ސަބްލީސްކުރުން ފިޔަވައި އިތުުރު ވިޔަފާރިއެއް ނުކުރާތީ ކަމަށެވެ.

އެމްޓީޑީސީއަކީ ރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރުމަށް އުފެއްދި، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެކެވެ.



މިއަދު އޮންލައިން