ވިޔަފާރި ބަނދަރުގައި ފޯކްލިފްޓެއް ދަށުވެ، މަޖޫރީއެއްގެ ފައި ޗިސްވެއްޖެ

ކިޔުމަށް ހޭދަވާނީ 34ސ
ވިޔަފާރި ބަނދަރުގައި ފޯކްލިފްޓެއް ދަށުވެ، މަޖޫރީއެއްގެ ފައި ޗިސްވެއްޖެ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މާލެ ވިޔަފާރި ބަނދަރުގައި ފޯކްލިފްޓެއްގެ ދަށުވެގެން މަޖޫރީއެއްގެ ފައި ޗިސްވެއްޖެއެވެ.

މި ހާދިސާގައި ފައި ޗިސްވީ ބިދޭސީއެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ މީހާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުންދާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 11:55 އެއްހާއިރު ފުލުހުންނަށް އެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ ބަލަމުންކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ ހާދިސާ ހިނގިކަން އެމްޕީއެލްއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އޭނާގެ ކަނާތު ފައިގެ ކުޑަހުޅާ ހަމައަށް ވަނީ ޗިސްވެފައެވެ.

މިއަދު އޮންލައިން