ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވާފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ޝަކީލް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިހާރު އައްޔަން ކުރައްވައިފައިކަމަށެވެ
@ElectionsMv ge member kamuge magaamun Mohamed Shakeel vany isthiufaa dhevvaafai. Adhi eynaa @EconDevMv ge Minister of State ge maqaamah Raeesuljumhooriyyaa miadhu vany ayyanu kuravvaafai.
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) May 9, 2018
އީސީގެ މެންބަރުކަމުން ޝަކީލް އިސްތިއުފާ ދެއްވިއިރު، ކޮމިޝަންގެ ރައީސަކަށް ކުރިން ހުންނެވި އަހުމަދު ސުލައިމާން ވެސް މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އޭނާ އައްޔަންކުރެއްވީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްގެ މަޤާމަަށެވެ. ދެން އީސީގެ ރައީސްގެ މަޤާމަށް އައްޔަންކުރެއްވީ ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަހުމަދު ޝަރީފެވެ.
އިލެކްޝަންސް ކޮމިޝަނަށް ބަދަލުތަކެއް މި ގެންނަނީ ރިޔާސީ އިންތިޚާބު ކައިރިވެ، އެ ކޮމިޝަންގެ މިނިވަންކަމާމެދު ސުވާލު އުފައްދައި، ބޮޑެތި ފާޑުކިޔުންތަކެއް އެ ކޮމިޝަނަށް އަމާޒުވެފައި ވަނިކޮށެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި އެ ކޮމިޝަން މިހާރު ހިންގަމުން ދަނީ ވެރިކަންކުރާ ޕީޕީއެމް ބޭނުންވާ ގޮތަށް ކަމަށާއި ހާލަތުގައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިންތިޚާބު ނުބޭއްވޭނެކަމަށެވެ.
.