ސިނާންގެ ޝަރީއަތުގެ އަޑުއެހުން މިއަދުވެސް ކެންސަލް

ކިޔުމަށް ހޭދަވާނީ 59ސ
ސިނާންގެ ޝަރީއަތުގެ އަޑުއެހުން މިއަދުވެސް ކެންސަލް
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ޝަރީއަތުގެ އަޑުއެހުން މިއަދުވެސް ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.

މިއަދުގެ އެއަޑުއެހުމަކީ ސިނާން ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ތާވަލު ކުރެވުނު އަޑުއެހުމެކެވެ.

ސިނާންގެ އަޑުއެހުމެއް މީގެ ދެދުވަސް ކުރިންވެސް ތާވަލުކުރެވުމަށްފަހު ވަނީ ކެންސަލް ކޮށްފައެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިހުރެ އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ސިނާން ރިޝްވަތު ހިފިކަމަށެވެ. އަދި ޤާނޫނު އަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިްގުމުގެ ނިޒާމުތަކަށް ބުރޫއަރާ، ޤައުމީ ސަލާމަތާއު ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެންވެސް ސިނާން އަށް ދައުވާ ކުރާކަމަށެވެ.
މިއަދު އޮންލައިން