ވިލާ ގޭހުން އެކްސްޕްރެސް ޚިދުމަތް ތަޢާރަފްކޮށް 15 މިނިޓްތެރޭ ގޭސްފުޅި ފޮނުވައިދޭން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ވިލާ ގޭހުން އެކްސްޕްރެސް ޚިދުމަތް ތަޢާރަފްކޮށް 15 މިނިޓްތެރޭ ގޭސްފުޅި ފޮނުވައިދޭން ފަށައިފި
ރާއްޖޭގައި ކައްކާ ގޭހުގެ ޚިދުމަތް ދޭންފެށިި ފުރަތަމަ ކުންފުނި، ވިލާ ގޭހުން އެކްސްޕްރެސް ޚިދުމަތް ތަޢާރަފްކޮށް 15 މިނިޓްތެރޭ ގޭސްފުޅި ފޮނުވައިދޭން ފަށައިފިއެވެ.

ވިލާ ގޭހުން މިއަދު ބުނެފައިވަނީ ވެހިކަލްގައި ގޭހުގެ ޚިދުމަތް ދިނުން މިހާރު މަނާކޮށްފައިވާ ހެނދުނު 11:00 އިން ފެށިގެން ހަވީރު 6:00 އަށް ވެސް މިޚިދުމަތުގެދަށުން ގޭސްފުޅި ފޮނުވައިދެވޭނެ ކަމަށެވެ.

މިޚިދުމަތް ދޭއިރު ގޭސްފުޅީގެ އަގަށް އެއްވެސް ބަދަލެއް ނުއަންނާނެ ކަމަށާއި ނަމަވެސް ޚިދުމަތަށް 30 ރުފިޔާ ނަގާނެ ކަމަށްވެސް ވިލާ ގޭހުން ވަނީ ބުނެފައެވެ.

ވެހިކަލްގައި ޚިދުމަތް ދިނުން މަނާކޮށްފައިވާ ގަޑިތަކުގައި ކާޑު ފޮނުވައިދިނުމަށް ވެސް ހަނީ ކޯނަރުން ވަނީ އިތުރު އަގެއް ނަގަން ފަށައިފައެވެ.
މިއަދު އޮންލައިން