ހުޅުމާލޭ ބައެއް ސަރަޙައްދުތަކުން ފެން ކެނޑިއްޖެ

ކިޔުމަށް ހޭދަވާނީ 43ސ
ހުޅުމާލޭ ބައެއް ސަރަޙައްދުތަކުން ފެން ކެނޑިއްޖެ
ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން މިރޭ ފެން ކެނޑިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެން ކެނޑިފައިވަނީ ހުޅުމާލޭ 121 ވަނަ ފްލެޓުން ފެށިގެން 138 ވަނަ ފްލެޓު ހިމެނޭ ސަރަޙައްދާ ހަމައިންނެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސިއުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނިގޮތުގައި ބައެއް ސަރަޙައްދުތަކުން ފެން ކެނޑުނީ އެއާޕޯޓު ބަސް ހުއްޓު ސަރަޙައްދާއި އިންވެގެން އޮތް ހުސްބިމުގައި މަސައްކަތް ކުރަމުންދިޔަ ފަރާތުން މަގު ކޮންނަމުން ދަނިކޮށް އެކުންފުނީގެ ފެންހޮޅިއަކަށް ގެއްލުން ވެގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސަރަޙައްދުން ފެން ކެނޑިފައިވަނީ މިއަދު މެންދުރުފަހު 14:00 ހާއިރުން ފެށިގެންނެވެ. އެމައްސަލަ ޙައްލު ކުރުމަށް އޭގެފަހުން މިހާރުވެސް، ހުއްޓުމެއް ނެތި އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.
މިއަދު އޮންލައިން