ހެކި ސިއްރުކުރަނީ ދޮގު ބަޔާނަށް ބިނާކޮށް އަނިޔާކުރަން: ޢަލީ ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހެކި ސިއްރުކުރަނީ ދޮގު ބަޔާނަށް ބިނާކޮށް އަނިޔާކުރަން: ޢަލީ ޙުސައިން
ޓެރަރިޒަމްގެ ތުހުމަތު އަޅުވައި މިހާރު ބަންދުކޮށްފައިވާ ސިޔާސީ ބޭފުޅުންގެ ޝަރީއަތްތަކަށް ސިއްރުން ހެކި ބަސް ނަގަނީ ދައުލަތުން އުފައްދާ ދޮގު ބަޔާންތަކަށް ބިނާކޮށް އަނިޔާކުރަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލް ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިރޭ ވިދާޅުވީ ސިޔާސީ ބޭފުޅުން ހައްޔަރުކުރަނީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށާއި ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއްގެ މައްޗަށް ކަމަށެވެ. ހައްޔަރުކުރުމަށްފަހު ކުރާ ތުހުމަތާއި ގުޅުވައިގެން ބަޔާންތަކެއް އުފައްދަނީ ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ މިހާރު ލީކުވެގެން އުޅޭ ބަޔާންތަކަކީ ބައަކު ލީކުކުރި އެއްޗެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "އެބަޔާންތައް ނެގީ ސަރުކާރުން. ބަޔާންތައް ހުރީ ސަރުކާރުގެ ބެލުމުގެ ދަށުގައި. އެހެންވީމާ އަޅުގަނޑު ޤަބޫލުކުރަނީ އެ ބަޔާންތައް ލީކުރީވެސް ސަރުކާރުން ކަމަށް."

ޢަލީ ޙުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު، ކެންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހައްޔަރުކުރީ ވެސް އަދި ހައްޔަރުކުރުމަށްފަހު ޢަބްދުﷲ ރިޔާޟާއި މެދު މިހައިތަނަށް ކޮށްފައިވާ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. ރިޔާޟްގެ މައްޗަށް ހައިކޯޓުން އިއްވާފައިވާ ޙުކުމް އިއްވާފައިވަނީވެސް ޕީޖީ އިން ދައުވާ ވެސް ކޮށްފައި ނުވާ މައްސަލައެއްގައި ކަމަށެވެ.
މިއަދު އޮންލައިން