ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ހޯދައި މެލޭސިޔާގެ ބޮޑުވަޒީރުކަމަށް މަހާތީރު
ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯއްދަވައި މެލޭސިޔާގެ ބޮޑުވަޒީރުކަމަށް މަހާތީރު އަލުން ހޮވިވަޑައިގެންފިއެވެ. މަހާތީރުގެ އުމުރުފުޅަކީ 92 އަހަރެވެ. އެހެންކަމުން މަހާތީރު ވެވަޑައިގަންނަވާނީ ދުނިޔޭގެ އެންމެ ދޮށީ އިންތިޚާބީ ލީޑަރަށެވެ.
މަހާތީރު ވަނީ 2003 ވަނަ އަހަރާއި ހަމައަށް 22 އަަހރު މެލޭސިޔާގެ ބޮޑުވަޒީރުކަން ކުރައްވައިފައެވެ.
މަހާތީރުގެ ލީޑަރޝިޕްގައި މިފަހަރުގެ އިންތިޚާބުގައި މެލޭސިޔާގެ ޕާލަމެންޓުގެ 222 ގޮނޑީގެ ތެރެއިން 113 ގޮނޑި ކާމިޔާބުކުރެވިފައިވާކަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ބޮޑުވަޒީރު ނަޖީބު މިހާރު ވަނީ ރައްޔިތުންގެ ނިންމުން ޤަބޫލުކުރާކަން އިއުލާނުކޮށްފައެވެ.