އިރާނުން ފުރަތަމަ ފަހަރަށް އިޒްރޭލަށް ހަމަލާދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އިރާނުން ފުރަތަމަ ފަހަރަށް އިޒްރޭލަށް ހަމަލާދީފި

އިރާނުން ފުރަތަމަ ފަހަރަށް އިޒްރޭލަށް ހަމަލާދީފި އެވެ.

އީރާނުން ވަނީ ރޭ ފަތިހު އިޒްރޭލަށް 20 ރޮކެޓް ފޮނުވާލާފައި ކަމާއި ހަމަލާތައް ޙަމަލާތައް އަމާޒުކުރީ އިޒްރޭލުން ފޭރިގެންފައިވާ ގޯލަން ހެއިޓްސްގެ ސަރަހައްދުތަކަށް ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

އިޒްރޭލު ސިފައިންނާއި ހަވާލާދީ ބުނެފައިވަނީ މެދު ނުކެނޑި ރޮކެޓްތައް އައި ކަމަށާއި ނަމަވެސް ގިނަ ރޮކެޓްތައް ވަނީ އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލެވިފައި ކަމަށެވެ. އަދި ހަމަލާތަކުގައި އެއްވެސް މީހަކު މަރުނުވާކަމަށްވެސް ބުނެއެވެ.

އިރާނުން މިފަދަ ހަމަލާތަކެއް މިދިނީ އިއްޔެ އިޒްރޭލުން ސީރިޔާގެ ދިމިޝްޤް ކައިރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި 15 މީހުން މަރުވިއިރު އެއިގެ ތެރޭގައި އީރާނުގެ 4 ޖެނެރަލުންނާއި 4 އޮފިސަރުން ހިމެނުމާއި ގުޅިގެންނެވެ.
މިއަދު އޮންލައިން