އިރުމަތިން ވައި ބަދަލުވާން ފަށައިފ ކަމަށާއި އެކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ކަމާލުއްދީން މިމޭރުމުން ވިދާޅުވެފައިވަނީ އމުރުފުޅުން 92 އަހަރުގައި މެލޭސިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު އިސްވެހުންނެވި އިދިކޮޅު ކޯލިޝަނުން އެޤައުމުގެ އިންތިޚާބު ކާމިޔާބުކުރެއްވުމުން މަހާތީރަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ޢަބްދުﷲ ކަމާލުއްދީން ވިދާޅުވެފައިވަނީ މިކަމުން އެނގިގެންދަނީ އުމުރުފުޅުން 92 އަހަރުގައިވެސް މަހާތީރު ހުންނެވީ 1984 ވަނަ އަހަރު މާލޭގެ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިއިރު ހުންނެވި ރޫޙުގައި ކަމެވެ.
ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު، މަހާތީރުގެ ބޮޑުވަޒީރުކަމުގައި މާލޭގައި ބިނާކުރި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް މަހާތީރު ވަނީ ވަރަށް ބޮޑަށް އެހީތެރިވެދެއްވައިފައެވެ.
The winds of change have started blowing from the east alhamdhu lillaahi. Congratulations to H E Dr. Mahathir Mohamed @chedetofficial for the fait accompli. It seems you are still as energetic as when you visited us for the inauguration of the islamic centre in 1984. Respects sir
— Abdullah Kamaludeen (@akdeen) May 9, 2018