މެލޭސިޔާގެ ރައްޔިތުން ދެއްކި ރީތި ނަމޫނާ މިއަަހަރު ދިވެހި ރައްޔިތުންވެސް ދައްކާނެ: އިދިކޮޅު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މެލޭސިޔާގެ ރައްޔިތުން ދެއްކި ރީތި ނަމޫނާ މިއަަހަރު ދިވެހި ރައްޔިތުންވެސް ދައްކާނެ: އިދިކޮޅު

މެލޭސިޔާގެ ބޮޑުވަޒީރު ކަމުގައި ނަޖީބު ރައްޒާޤް ހުރެ ބާރާއި ނުފޫޒުގެ ބޭނުންކުރުމުން ވެސް އިންތިޚާބުގައި ރައްޔިތުން އެނާއަށް ނޫނެކެވެ ބުނުމުން އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މެލޭސިޔާގެ ރައްޔިތުން ދެއްކި ރީތި ނަމޫނާ މިއަަހަރު ދިވެހި ރައްޔިތުންވެސް ދައްކާނެ ކަމަށެވެ.



މެލޭސިޔާގެ އިންތިޚާބުގައި ރާއްޖޭގެ ޙާލަތާއި ގުޅުންހުރި ކަންތައްތަކެއް ހުރި ނަމަވެސް ރާއްޖޭގެ ޙާލަތު ބޮޑަށް ކައިރިކުރަނީ މިޞުރުގައި ބޭއްވި އިންތިޚާބާއި ކަަމަށް ގިނަ ބައަކު ދެކެއެވެ.
މިޞުރުގައި ބޭއްވި ރިޔާސީ އިންތިޚާބު ބޭއްވީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކުރާނެ ކަމަށް ބުނި އެންމެންނާއި ވާދަކޮށްފާނެ ކަމަށް ބެލެވޭ އެންމެން ޖަލަށް ލުމަށްފަހުއެވެ. އަލްސިސީ އާއި ވާދަކުރި ކެންޑީޑޭޓަށް ވެސް ޖެހުނީ އަލްސިސީއަށް ވޯޓުލާށެވެ.

ވޯޓުލުން ކައިރިވެގެން އައިއިރު އަލްސިސީ ރައްޔިތުންނަށް ގޮވާލަމުން ގެންދިއައީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއެއް ދެއްކުމަށް އެންމެން ނުކުމެ ވޯޓުލުމަށެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ ޓްވީޓްކުރައްވައި ވިދާޅުވީ "އިއްޔެ މެލޭސިޔާގެ ރައްޔިތުން ދެއްކި ރީތި ނަމޫނާ މިއަަހަރު ދިވެހި ރައްޔިތުންވެސް ދައްކާނެ އިންޝާ ﷲ! 2018 ގެ ރިޔާސީ އިންތިޚާބުގެ ހަވާސާގަ 2017ގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ރައްޔިތުން ވަނީ ޚިޔާނާތާއި ވައްކަމާއި އަނިޔާވެރިކަމާ ބޭ އިންސާފަށް ބޮޑުކޮށް ނޫނެކޭ ބުނެފަ." ކަމަށެވެ.

މިއަދު އޮންލައިން